މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު ގަޑިއެއްގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

މިކަމާގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ނެޓުވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭތީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން 1 ނޮވެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އާއި 7:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.

މިއަދު އޮންލައިން