ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަހީބާ މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަހީބާ މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަހީބާ މުޙައްމަދު (77 އަހަރު) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

މަރުޙޫމާ ޝަހީބާ މުޙައްމަދަކީ 44 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

މަރުޙޫމާގެ ޚިދުމަތުގެ ތެރޭގައި، ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގައި 9 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުން ހިމެނެއެވެ. މަރުޙޫމާގެ އަގުހުރި ޚިދުމަތްތަކަށް ބަލައި، މިއަހަރުގެ މިނިވަން ދުވަހު އެކަމަނާއަށް ދައުލަތުގެ ޚިދުމަތުގެ އިނާމު ލިބިވަޑައިގެންނެވިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙޫމާއަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ.

މަރުޙޫމާގެ ކަށުކަމާކެމީގެ ކަންތައް އޮންނާނީ ހުކުރު ދުވަހުކަމަށް ވަނީ އިޢުލާނުކުރެވިފައެވެ. 

މިއަދު އޮންލައިން