އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް 1300 އަށްވުރެ ގިނަ މީހުން ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް 1300 އަށްވުރެ ގިނަ މީހުން ހަދައިފި

މާލޭ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން 1300 އަށްވުރެ ގިނަ މީހުން އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހަދާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއްގެ ދަށުން، ކޮންމެ ދިވެއްސަކަށް އަހަރަކު 2 ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މި ޚިދުމަތް މިހާރު ލިބެމުންދަނީ އައިޖީއެމްއެޗް، ދަރުމަވަންތަ، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަނެ، ފަރުވާ ހޯދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުން," އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަދި 40 އަހަރުން މަތީގެ މީހުންނަށް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މުހިންމު ޚިދުމަތުގެ ބޭނުން ހިފުމަށް އާންމުންނަށް އިލްތިމާސްކުރައްވަމުން، އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، "ވީ، "މިއީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެއް. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ބަޔަކު މި ފުރުޞަތުގެ ބޭނުން ހިފުން."

މި ޕްރޮގްރާމްގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އާސަންދަ އެޕް މެދުވެރިކޮށް ނުވަތަ ސީދާ ހޮސްޕިޓަލްތަކަށް ގުޅައިގެން އެޕޮއިންޓްމަންޓް ނެގިދާނެކަމަށް މަޢުލޫމާތު ދެވިފައިވެއެވެ.

މިއަދު އޮންލައިން