"ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުރަމަލަ 2025" އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
"ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުރަމަލަ 2025" އިފްތިތާޙުކޮށްފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ރާއްޖޭގެ އިޤްތިޞާދީ ޕްރޮފައިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުރަމަލަ 2025" ގެ ނަމުގައި މިއަދު އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމާއި، ކުރިމަގުގައި އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމެވެ.

މި ފުރަމަލަ އިފްތިތާޙް ކޮށްދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ވިޔަފާރިތަކާއި އިޤްތިޞާދީ ޚިދުމަތްތައް ރޭވުމަށާއި، ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް މަސައްކަތްކުރާނެ ކަމަށާއި ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި މަޝްރޫޢުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް މަގުފަހިވެގެންދާނެ. އަދި ކިތަންމެ ކުޑަ ނަމަވެސް، ހުރިހާ އިޤްތިޞާދީ ޙަރަކާތެއް މި ޕްރޮފައިލްގައި ހިމެނޭނެ," ވަޒީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުރަމަލަ 2025" ގެ މަސައްކަތް ނިމި، ރިޕޯޓު ޢާންމުކުރެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ބީސީސީއިން ބުނެއެވެ.

މިއަދު އޮންލައިން