އަސްކަރިއްޔާއިން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "މިލިޓަރީ ޑިސްޕްލޭ" އެއް ޤައުމީ ދިފާޢީ ބާރުން ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަސްކަރިއްޔާއިން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ "މިލިޓަރީ ޑިސްޕްލޭ" އެއް ޤައުމީ ދިފާޢީ ބާރުން ބާއްވަނީ

ޤައުމީ ދިފާޢީ ބާރުން (އެމްއެންޑީއެފް) ނަސްރުގެ ދުވަހާ ގުޅިގެން "މިލިޓަރީ ޑިސްޕްލޭ" އެއް މާދަމާ ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އެ މުއައްސަސާއިން މިއަދު ހާމަކޮށްފިއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއަށްފަހު އަސްކަރިއްޔާއިން ހޯދާފައިވާ ކުރިއެރުންތައް ދެއްކުމެވެ.

މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވޭ މި ހަރަކާތުގައި، ޢުދުވާނީ ހަމަލާއެއް އައިސްފިނަމަ ޢަމަލުކުރާނެ ގޮތް ދައްކާލެވޭނެކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ކަނޑު، ވައި އަދި އެއްގަމުގެ މަގުން އަންނަ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތްތައް ހިމެނޭނެއެވެ.

މި ޑިސްޕްލޭގައި ކޯސްޓްގާޑްގެ "ސްޕެޝަލް ބޯޓް ސްކޮޑްރަން" ގެ ހަރަކާތްތަކާއި، އެމްއެންޑީއެފް އެއަރ ކޯ، ކޯސްޓްގާޑް އަދި ސިފައިންގެ އެހެނިހެން ޔުނިޓްތަކުގެ ހަރަކާތްތައް ދައްކާލެވޭނެކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.

ރައްޔިތުންނަށް މި ހަރަކާތް ބެލުމަށް ފުރުޞަތު ދެވޭނެކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި، މެންދުރުފަހު 3:15 އިން 4:15 އަށް ސެކިއުރިޓީ ކްލިއަރެންސް ހަދަންޖެހޭނެކަމަށް އެ މުއައްސަސާއިން އަންގާފައިވެއެވެ.

މި ހަރަކާތަކީ ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވޭ ޚާއްޞަ ހަރަކާތެއްކަމަށާއި، މިފަދަ ހަރަކާތްތަކުން ޤައުމީަކުން ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރަށް ހާމަވެގެންދާނެކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން