ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށުނީ ސިފައިން އެކުގައި ފަތިސް ނަމާދު ކުރުމާއެކު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށުނީ ސިފައިން އެކުގައި ފަތިސް ނަމާދު ކުރުމާއެކު

މިއަދު ފަތިހު ސިފައިން އެއްތަނަކަށް ޖަމާވެ ފަތިސް ނަމާދު ކުރުމާއެކު ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ވަނީ ފަށާފައެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް، ވަޒީރުން އަދި އާންމު ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމާއި، ސިފައިންގެ މައުރަޒު ހުޅުވުން ހިމެނެއެވެ. މީގެ އިތުރުން ޖުމްހޫރީ މައިދާނުގައި މިލިޓަރީ ޑިސްޕްލޭއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދަރުބާރުގޭގައި ޚާއްޞަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުގައިވެސް ނަޞްރުގެ ދުވަހާ ގުޅުވައިގެން އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއިން ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ. މި ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. މި ދުވަހަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމަށް ސިފައިންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ފެނުނު ދުވަހެވެ.

މިއަދު އޮންލައިން