ނަޞްރުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ދިވެހިންނަށް ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަޞްރުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ދިވެހިންނަށް ތަހުނިޔާ ފޮނުއްވައިފި

ނަޞްރުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އެދިވަޑައިގެންފައެވެ. މިއަދު ނެރުއްވި ބަޔާނެއްގައި ނައިބު ރައީސް ވަނީ ރާއްޖެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ދުޢާކުރައްވާފައެވެ.

ނައިބު ރައީސްގެ ބަޔާނުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިމާވި ނުރައްކާތެރި ޢުދުވާނީ ހަމަލާއިން ސަލާމަތްވުމުގެ ހަނދާން އާކުރެއްވިއެވެ. އަދި މި ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ތެރޭގައި ހިމެނޭ 8 ސިފައިންނާއި 11 އާންމު ރައްޔިތުންގެ ޤުރުބާނީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ޤުރުބާންވި ހުރިހާ ފަރާތްތަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ ބޭރުގެ ނުރައްކާތަކުން ރާއްޖެއާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ހުރިހާ ދިވެހިން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ނަޞްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު 3 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. 

މިއަދު އޮންލައިން