މެލޭޝިޔާއިން ތަމްރީނުވުމަށްދާ އިމާމުންނާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މެލޭޝިޔާއިން ތަމްރީނުވުމަށްދާ އިމާމުންނާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

މެލޭޝިޔާގައި ކުރިއަށްދާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްދާ އިމާމުންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވަނީ، އިމާމުންނަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ ތަމްރީން ދަތުރުތަކުން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކުރެއްވުމަކީ މުހިއްމު ކަމެއްކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މެލޭޝިޔާގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ "އިސްލާމިކް އެފެއާޒް އިން މެލޭޝިޔާ: ގަވަނަންސް އެންޑް އެޑްމިނިސްޓްރޭޝަން ކޯސް" އެވެ. މި ޕްރޮގްރާމް ފެށިފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށާއި، 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަްދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އިސްލާމީ ކަންކަން ހިންގުމުގެ ދާއިރާގައި އެ ބޭފުޅުންގެ ހުނަރު އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމެއް ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން