އަމިއްލަ އިންޝުއަރެންސް ނެތް ހާލަތްތަކުގައި ވެސް އާސަންދަ މެދުނުކެނޑޭނެ: އެންސްޕާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަމިއްލަ އިންޝުއަރެންސް ނެތް ހާލަތްތަކުގައި ވެސް އާސަންދަ މެދުނުކެނޑޭނެ: އެންސްޕާ

އަމިއްލަ އިންޝުއަރެންސް ކަވަރޭޖް ނުލިބޭ ހާލަތްތަކުގައި ވެސް އާސަންދައިގެ ޚިދުމަތް މެދުނުކެނޑި ލިބޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފިއެވެ.

އެންސްޕާގެ ސްޕޯކްސްޕަރސަން މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، "އަޅުގަނޑުމެން ކަށަވަރުކޮށްދޭން ބޭނުންވަނީ، އަމިއްލަ އިންޝުއަރެންސް ނެތް ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ކުރިން އޮތް ގޮތަށް ލިބެމުންދާނެ ކަމަށެވެ. މި ބަދަލުތަކަކީ އަމިއްލަ އިންޝުއަރެންސް އޮތް ފަރާތްތަކަށް އަްތަކަށް އަމާޒުކޮށްގެން ގެނެވުނު ބަދަލުތަކެކެވެ."

އާސަންދަ ސްކީމަށް ގެނެވުނު 6 މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ އަމިއްލަ އިންޝުއަރެންސް އޮތްނަމަ އެ ލިމިޓް ހަމަވަންދެން ބޭނުންކުރުމާއި، އަމިއްލަ އިންޝުއަރެންސުން ކަވަރުކުރާ ޚިދުމަތްތައް އެ އިންޝުއަރެންސް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އައުޓްޕޭޝަންޓް ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލްނުކުރުމާއި، އަމިއްލަ އިންޝުއަރެންސުން ނުލިބޭ ޚިދުމަތްތައް އާސަންދައިން ލިބޭނަމަ ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި އަމިއްލަ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން އާސަންދައިން ޚިދުމަތް ފޯރުކޮށްދިނުމާއި، އަމިއްލަ އިންޝުއަރެންސް އޮތް ފަރާތްތަކަށް އާސަންދަ އަދި ވިނަވި ޕޯޓަލް ބޭނުންނުކުރެވޭނެ ކަމަށްވެސް އެންސްޕާއިން ހާމަކޮށްފައިވެއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އާސަންދަ ކޯލް ސެންޓަރު ނަންބަރު 1400 އަށް ގުޅުމަށް އެންސްޕާއިން އެދިފައިވެއެވެ.

އެންސްޕާއިން ބުނެފައިވާ ގޮތުގައި، މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ އިންޝުއަރެންސް ސްކީމްތަކާއި އާސަންދައިގެ ޚިދުމަތް އެކުގައި ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން