"ހެލްތު އެކްސްޕޯ 2024" މާދަމާ ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
"ހެލްތު އެކްސްޕޯ 2024" މާދަމާ ފަށަނީ

ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ދިނުމަށް "ހެލްތު އެކްސްޕޯ 2024" ގައި 50 އަށްވުރެ ގިނަ ބައިވެރިންނާއި އެކު ފެށުމަށް ނިންމައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:00 އިން 11:00 އަށެވެ. އަދި ހުކުރުދުވަހު ހަވީރު 4:00 އިން 11:00 އާއި ހަމައަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

މި އެކްސްޕޯގެ މަޤްސަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތާއި، ޞިއްޙީ ގޮތުން ދުށަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރ އަކީ ދިރާގު އެވެ.

މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ މަޢުލޫމާތު ދޭނެއެވެ.

ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްދާ މިއެކްސްޕޯގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިންގ އަދި އެހެނިހެން ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން "ހެލްތް އެކްސްޕޯ 2024"ގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތައް ވެސް ހިމެނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން