ޤައުމީ ތަރައްޤީގެ ޕްލޭނުން ސަރުކާރުތަކަށް ސިޔާސީ ގޮންޖެހުމެއް ނާންނާނެ: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤައުމީ ތަރައްޤީގެ ޕްލޭނުން ސަރުކާރުތަކަށް ސިޔާސީ ގޮންޖެހުމެއް ނާންނާނެ: ރައީސް މުޢިއްޒު

ޤައުމީ ތަރައްޤީގެ ޕްލޭނުން ސަރުކާރުތަކަށް ސިޔާސީ ގޮންޖެހުމެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ނިންމާ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، "މި ޕްލޭނަކީ ސަރުކާރުތަކަށް ބޭނުންވާ ކަންކަން ކުރުމުގެ ޖާގަ އޮންނަ، އަދި މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ހިމެނޭ ޕްލޭނެއް ކަމަށް." އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، ސިޔާސީ ޕާޓީތަކަށްވެސް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ދޭނެ ކަމަށް.

"މި ޕްލޭނުގެ މައިގަނޑު އަމާޒަކީ ވެރިކަން ބަދަލުވުމުން އަންނަ ބޮޑެތި ބަދަލުތައް ހުއްޓުވައި، ރައްޔިތުންނަށް ފައިދާވާގޮތަށް ޤައުމުގެ ކަންކަން އެއް މިސްރާބަކަށް ގެންދިއުން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އަދި މި ޕްލޭނާ ގުޅިގެން ޤާނޫނު އަސާސީއަށްވެސް ބައެއް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ޕްލޭނަކީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ޕްލޭނެއް ކަމަށް ބެލެވެއެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއެކު ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު އޮންލައިން