"ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ 20 އަހަރަށް އަމާޒުކޮށް އެކުލަވާލެވޭ މުހިންމު މަގުޗާޓެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
"ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ 20 އަހަރަށް އަމާޒުކޮށް އެކުލަވާލެވޭ މުހިންމު މަގުޗާޓެއް: ވަޒީރު

"ޤައުމީ ތަރައްޤީގެ ޕްލޭން" އަކީ ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް އެކުލަވާލެވޭ މުހިންމު މަގުޗާޓެއް ކަމަށް ދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މި ޕްލޭނަކީ ޤައުމުގެ އިޖްތިމާޢީ، އިޤްތިޞާދީ، ތިމާވެށި، މޫސުމަށް އަންނަ ބަދަލުތައް އަދި ޤާނޫނު ހިންގުމުގެ ދާއިރާތައް ހިމެނޭ ފުޅާ ދާއިރާއެއްގައި އެކުލަވާލެވޭ ޕްލޭނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްލޭނުގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، އީޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން ކަމަށެވެ. އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނައުމަށްޓަކައި ވަކި ޤާނޫނެއް އެކުލަވާލައި، ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މި ޕްލޭން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްލޭނަކީ ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން