ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޕެންޝަން އޮފީހާއި ތަޢުލީމާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޕެންޝަން އޮފީހާއި ތަޢުލީމާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕެންޝަން އޮފީހާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގެ މަޤްސަދަކީ މިނިސްޓްރީއިން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތުން މިނިސްޓްރީއިން ހިންގާ އަޕްސްކިލިންގ، ރީސްކިލިންގ ޕްރޮގްރާމާއި ކެރިއަރ ގައިޑެންސް ފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވާ ފަރާތްތަކާއި ނޭޝަނަލް ކެރިއަރސް ސަރވިސް (އެން.ސީ.އެސް) ޕޯޓަލް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވަޒީފާލިބޭ މިންވަރު ވަޒަންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. 

މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުޖާތާ ޙަލީމްއެވެ. އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޝަފީޢު ސޮއިކުރައްވާފައިވެއެެވެ.

މިއަދު އޮންލައިން