ބޮޑުގެ ވަގުތީ މިސްކިތް ހުރި ބިމުގައި 3 ބުރީގެ މިސްކިތެއް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ބޮޑުގެ ވަގުތީ މިސްކިތް ހުރި ބިމުގައި 3 ބުރީގެ މިސްކިތެއް އަޅަނީ

މ. ބޮޑުގެ ވަގުތީ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ނިންމައިފިއެވެ. 

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ މި މިސްކިތް އެޅުމަށް ހިލޭ އެހީ ފޯރުކޮށްދެއްވާނީ ވިޔަފާރިވެރިންގެ ޓީމަކުން ކަމަށާއި މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އެޅޭނީ 3 ބުރީގެ މިސްކިތެކެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އައު މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ. މިއީ މުޖުތަމަޢުގެ ތަޢުލީމީ އަދި ދީނީ ބޭނުންތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ މިއަހަރުގެ ޑިސެމްބަރު މަހު ހަމަޖެހިފައެވެ. އަދި މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ފަހުން ރޭވިފައެވެ.

މި މަޝްރޫޢަކީ މާލޭގެ މިސްކިތްތަކުގެ ޚިދުމަތް ފުޅާކޮށް، އިތުރު ނަމާދުކުރާ ޖާގަ ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހަގަކުރެވެއެވެ. މި މިސްކިތް ނިމުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ ޚިދުމަތްތައް އިތުރުވެ، ދީނީ އަދި އިޖްތިމާޢީ ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.                     

މިއަދު އޮންލައިން