ފިރިމީހާ އަޅާނުލާއިރުވެސް 2 ދަރިން ގޮވައިގެން އާދައާ ޚިލާފް ވިސްނުމެއްގަ ދިރިއުޅުނު އަންހެނަކަށް އުންމީދުވެސް ނުކުރެވޭވަރުގެ ތަނަވަސްކަމާ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފިރިމީހާ އަޅާނުލާއިރުވެސް 2 ދަރިން ގޮވައިގެން އާދައާ ޚިލާފް ވިސްނުމެއްގަ ދިރިއުޅުނު އަންހެނަކަށް އުންމީދުވެސް ނުކުރެވޭވަރުގެ ތަނަވަސްކަމާ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަހުރެމެން ދެމަފިރިންވެސް އުޅެނީ ވަޒީފާގައެވެ. ފިރިމީހާއަށްވުރެ ގިނަ ވަޤުތު މަސައްކަތުގައި އުޅެންޖެހެނީވެސް އަހުރެންނަށެވެ. އޭނާއަށްވުރެ ރަނގަޅު މުސާރައެއްވެސް ލިބެއެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އެކަމެއް ނުދަނެއެވެ. ލިބިފައިވާ 2 ދަރިންގެ ކަންކަމާއި ގޭތެރޭގެ ހުރިހާ ކަންކަންވެސް ކުރަން ޖައްސުވަނީ އަހަރެންނަށެވެ. އަހުރެންނަށް ގިނަ ފައިސާ ޚަރަދުކުރަންޖެހޭއިރުވެސްމެއެވެ.  

އެހެންވެ ޢާއިލާގެ ގިނަބައަކާ ގިނަ އެކުވެރިން ނަޞޭޙަތްދެމުން އައީ އޭނާ އާއި ވަކިވުމަށެވެ. އެހެން ދިރިއުޅުމެއް ފެށުމަށެވެ. ނަމަވެސް އެކަން އަހުރެންނަކަށް ޤަބޫލެއް ނުކުރެވުނެވެ. އަޅައިވެސް ނުލައި އެކުގައި ދިރިއުޅުނީއެވެ.  

އެގޮތަށް އުޅު، ކަންކަންކުރަން އަހުރެން ހިތްވަރު ލިބިގަތީ އެންމެ ކަމަކަށް ވިސްނައިގެންނެވެ. "އަހުރެން ދަރިންގެ ކަންކަމާއި އެހެން ކަންކަން މިކުރަނީ ފިރިމީހާއަށްޓަކައެއް ނޫނެވެ. ދެދަރިންގެ މަންމަ ކަމަސްވީތީ ދެދަރިންނަށްޓަކައެވެ. ވީމާ މާތް ﷲ އަހުރެންނަށް ރަނގަޅު ގޮތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ"  

އެގޮތަށް ވިސްނައިގެން 7 އަހަރު އުޅުނުތަނާ ފިރިމީހާ ކުއްލިއަކަށް އަހުރެން ވަރިކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. ސަބަބެއްވެސް ނުބުނެއެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. ގޭގައި ގެންގުޅޭނެ އަންހެނަކު ހޯދައިގެން ދިރިއުޅެމުން އައީއެވެ.  

އެކަނި ހުހަށް ހުންނަންޖެހުނީ އެންމެ 8 މަސްދުވަހުއެވެ. ބައްދަލުވި މީހަކާ ދެވަނަ ކައިވެނިކުރެވުނެވެ. ކައިވެނިކުރިފަހުން އެނގުނީ ޢޭނާއަކީ ވަރަށް މީހަކުކަމެވެ. އޭނާ އަހުރެންނާއި ދެދަރިން ބަލައިގަނެ ދިރިއުޅުމުގެ ޙަޤީޤީ ރަނިކަން އަހުރެންނަށް ދިނެވެ. އަމިއްލައަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދިނެވެ. މިއަދު އަހުރެންގެ ޢުމުރަކީ 44 އަހަރެވެ. އަހުރެންނަކީވެސް އަމިއްލަ ތަނަވަސްކަމުގައި އަހުރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާއިއެކު ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. ވިޔަފާރިކުރަނީ މާލޭގައެވެ. ދިރިއުޅެނީ އެންމެ އަގުބޮޑު ފްލެޓެއް ގަނެގެން ހުޅުމާލޭގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ވަކިމެސެޖެއް ދޭކަށް ބޭނުމެއް ނޫނެވެ. އަހުރެންގެ ވާހަކަކޮޅުން ފިލާވަޅެއް ލިބޭނަމަ ނަގައި ބޭނުންކުޜާށެވެ!  

ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން