ރައްޔިތުންގެ ސަލާމަތަށާ ރައްކާތެރިކަމަށް އަޅުއްވާނެ ކަމަށް މިނިސްޓަރ އިހްސާން ރޭ ވިދާޅުވި ފިޔަވަޅުތައް ވަރަށް ފުރިހަމަ! ދެއްވި ޔަޤީންކަމުގަ ބުރަދަން އެބަހުރި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 24ސ
ރައްޔިތުންގެ ސަލާމަތަށާ ރައްކާތެރިކަމަށް އަޅުއްވާނެ ކަމަށް މިނިސްޓަރ އިހްސާން ރޭ ވިދާޅުވި ފިޔަވަޅުތައް ވަރަށް ފުރިހަމަ! ދެއްވި ޔަޤީންކަމުގަ ބުރަދަން އެބަހުރި!

މީހުން ރަހީނުކުރުމާ މާރާމާރީތައް ހުއްޓުވުމަށާ ޑްރަގްގެ ވިޔަފާރި ހުއްޓުވުމަށް މިސަރުކާރުން އަޅުއްވާނެ ފިޔަވަޅުތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްޞާން ރޭ ހާމަކުރައްވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުން އެނގިގެންދަނީ އެކަމަށް މީގެ ކުރީގެ ސަރުކަތުން ފޭލްވެފައިވާ ކަމެވެ. ޤާނޫނުތައް ހަދާފައިހުރީ ކުށްކުރާ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަމެވެ. އެކަންކަން މިސަރުކާރުން ބަދަލުކުރާނެ ކަމެވެ. 

އިޙްޞާންގެ ވާހަކަފުޅު: 

އައްސަލާމް އަލައިކުމް

އަޅުގަނޑުމެން މިރޭ ފުލުހުން މި ހިންގި އޮޕަރޭޝަނާ ގުޅިގެން އަޅުގަނޑު ހިތަށްއެރީ ހަމަ ދިވެހި ރައްޔިތުންނާ މުޚާތަބުކޮށް އެއްޗެއް ދަންނަވާލަން. އަޅުގަނޑުމެން ހަމަ އެންމެ ފުރަތަމަ ފާހަގަކޮށްލަން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ އަހަރެއްހާ ދުވަސް ކުރިން ދިވެހިރާއްޖޭގެ ޒަޢާމަތާ ހަވާލުވީއިރުގަ، ދިވެހިރާއްޖޭގަ ގޭންގުތަކާއި، ޑްރަގް ބޭނުންކުރާ މީހުންނާއި ޑްރަގް ވިއްކާ މީހުންނާ މި މައްސަލަތައް އާދަޔާ ޚިލާފަށް ބޮޑުވެފަ އޮތީ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް މީ ފަސްއަހަރު ތެރޭގައި މިކަންކަމަށް ދާއިމީ ހައްލެއް ހޯދާ ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ އަމާން މާހައުލެއް އޮތް ޤައުމަކަށް ހެދުން.

އެގޮތުގެ މަތިން ހާއްސަކޮށް ގޭންގުތަކާ ދެކޮޅަށް ކުރެވޭ މަސެއްކަތަށް އަޅުގަނޑުމެން ވާނެ ދިވެހި ފުލުހުންގެތެރޭގަ ހާއްސަ ގޭންގް ޔުނިޓެއް އުފައްދާފަ. މިރޭ އިރާކޮޅުގަ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ މި ޔުނިޓާއި އަދި ކަމާބެހޭ އެހެނިހެން ބަހާތަކާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި ދިވެހި ރައްޔިތަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް ވަނީ ސަލާމަތް ކުރެވިފަ. މިކަމުގަ ފުލުހުން ދެއްކެވި ހިއްވަރާއި މަސައްކަތުގެ ޕްރޮފެޝަނަލިޒަމް އަށްޓަކާ ދިވެހި ފުލުހުންނަށް އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ހާލު ޝުކުރުއަދާކުރަން. ދިވެހި ރައްޔިތުން އެދެނީ ދިވެހި ފުލުހުން މިފަދަ މަސެއްކަތްތައް ދިވެހި ރައްޔިތުންގެ ޙައްޤުގައި ކޮށްދިނުމަށް.

ޤަވާއިދާއި ޤާނޫނުތަކާ ޚިލާފަށް ރާއްޖޭގަ ހާއްސަކޮށް ގޭންގުތައް ހަދައިގެން ކުށްކުރަމުންދާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިކަންކަން ހުއްޓާލުމަށް. ކުދިންގެ މުސްތަޤްބަލް ހަލާކުނުކޮށް މިފަދަ ކަންކަމުގެ ތެރެއަށް ނުވަދެ، ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގަ ޤައުމަށް ފައިދާހުރި ޒުވާނުންގެ ގޮތުގަ މިކަމުން ނެއްޓިގެން އަވަހަށް ހެޔޮމަގަށް އެޅުމަށް އަޅުގަނޑު ނަސޭޙަތްތެރިވަން.

ދިވެހިރާއްޖޭގަ ފުލުހުން ކުށްކުރާ ފަރާތްތަކާ ދޭތެރޭގަ ޤާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ. ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަދުގެ ސަރުކާރަށް ވަރަށް މުހިއްމުކަމެއް. ރައީސް ޑރ.މުޢިއްޒު އެއްވެސް ވަރަކަށް ނެގޯޝިއޭޓް ކުރާނެ ކަމެއްނޫން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މިގޮތަށް ޖެޕަޓައިޒް ކުރުމަކީ. އެހެންވީމަ މިފަދަ ހާލަތަކަށް މީގެ ފަހުންވެސް ދިވެހި ރައްޔިތަކު ގެންގޮއްސިކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ދިވެހި ފުލުހުން ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެފަރާތްތަކާ ދޭތެރޭ އަޅާނަން.

އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބައެއް ފްލެޓްތަކާއި މިގޮތަށް ކުއްޔަށް ހިފައިގެން ތިބޭ ބައެއް ތަންތަނަކީ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފަ ހުރީ ތަކުރާރުކޮށް ކުށްތައް ކުރުމަށް ބޭނުންކުރަމުން އަންނަ ތަންތަން. މިފަދަ ތަންތަނުގެ ވެރިންނާ އަޅުގަނޑުމެން ވާހަކަ ދައްކާނަން. އަދި ތަކުރާކުކޮށް މިފަދަ ކަންކަން ފެންނަ ކަމަށްވެއްޖެއްޔާމު ޤާނޫނުގެތެރެއިން މިފަދަ ތަންތަން ދައުލަތަށް އަބުރާ ނެގެންއޮތް ހައްލެއް ލިބޭކަމަށް ވެއްޖެއްޔާ އެގޮތަކަށް އަޅުގަނޑުމެން ޢަމަލު ކުރާނަން. އެހެންމަ އަޅުގަނޑުމެން ހަމަ ދިވެހިރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުން ދިވެހިރާއްޖޭގެ ފުލުހުންނަކީ ތިބޭފުޅުންގެ ޚިދުމަތުގަ 24 ގަޑިއިރު ތިއްބަވާނެ ފުލުހުން. ދިވެހިރައްޔިތުންގެ ރައްކާތެރިކަމަކީ ފުލުހުންގެ އެންމެ ބޮޑު އެއް އަމާޒް. އަޅުގަނޑުމެން ކަށަވަރު ކުރާނަން ދިވެހިރައްޔިތުންގެ ރައްކާތެރިކަން. އިރާދުކުރެއްވިއްޔާ، ރައީސް މުޢިއްޒުގެ މި ޒަޢާމަތުގަ މި މައްސަލަތަކަށް އަޅުގަނޑުމެން ދާއިމީ ހައްލެއް ގެންނާން.

 

މިއަދު އޮންލައިން