ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވާ 33% އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ރާޅު މޮނިޓަރކުރުމުގެ މަޝްރޫޢެއް ސްޓެލްކޯއިން ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވާ 33% އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ރާޅު މޮނިޓަރކުރުމުގެ މަޝްރޫޢެއް ސްޓެލްކޯއިން ފަށައިފި!

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފަށްޓަވާފައިވާ 33% އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ރާޅު މޮނިޓަރކުރުމުގެ މަޝްރޫޢެއް "ސްޓެލްކޯއިން ފަށައިފިއެވެ. 

މިމަޝްރޫޢަކީ އިރުގެ އަލީގެ އިތުރުން ދެމެހެއްޓެނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމަށްވެސް މަސައްކަތްކުރާ މަޝްރޫޢެކެވެ.

ސްޓެލްކޯއިން ފަހަކަށްއައިސް ފަށާފައިވާ ރާޅު މޮނިޓަރކުރުމުގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ 33% އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 

ރާޅުގެ ހަކަތަ ދިރާސާކުރުމުގެ ތެރެއިން، ސްޓެލްކޯއިން އާންމުކޮށް ބޭނުންކުރާ އިރުގެ އަލީގެ އިތުރުން އެހެން ދާއިރާތަކުން ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ ފުރުޞަތުތައް ތަނަވަސްކުރަމުންދެއެވެ. މި މަޝްރޫޢުގެ ދަށުން ޤައުމަށް ބޭނުންވާ ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި ކަނޑުގެ ރާޅު ބޭނުންކުރެވިދާނެ މިންވަރު ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުން ހިމެނެއެވެ.

ރާޅުގެ ހަކަތައިގެ ބޭނުންކުރުމުގައި ގިނަ ފައިދާތަކެއް ހުރެއެވެ. އޭގެ ތެރޭގައި އިރުގެ އަލީގެ ހަކަތައާ އަޅާބަލާއިރު މޫސުމުގެ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަވުމާއެކު، އެއްވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިބުން ހިމެނެއެވެ. މި ދިރާސާގެ ތެރެއިން ސްޓެލްކޯއިން ބަލަމުންދަނީ މިހާރު ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއެކު ރާޅުގެ ހަކަތަ ބޭނުންކުރެވިދާނެ ގޮތްތަކާއި، އޭގެ ސަބަބުން ހަކަތައިގެ ވިއުގަ އިތުރަށް ވަރުގަދަވެ، އިތުބާރު ބޮޑުވެގެންދާނެ މިންވަރެވެ. 

މި މަސައްކަތުން ދައްކުވައިދެނީ އައު ކަންތައްތައް ތަޢާރަފުކުރުމަށް ސްޓެލްކޯއިން ދޭ އަހައްމިއްޔަތުކަމާއި، ސާފު އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތަށް، ޤައުމުގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކެވެ.

މިއަދު އޮންލައިން