ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ހުޅިމެންދޫގައި 5 ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ. މިއީ ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އަދި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. 

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވި ގޮތުގައި، "ރައީސްގެ ވިސްނުން ހުރި ގޮތުން އަޅުގަނޑުމެން ބޭނުންވަނީ ތަމްރީނު ދޭ ރިސޯޓުގައި ތިބެގެން ކިޔަވާއިރު އެތަނުގައި ކިޔަވާ މީހުން ފަތުރުވެރިންނަށް ހިދުމަތް ދެމުންވެސް ދާނެ. އަދި އެކި ޑިޕާޓްމަންޓްތަކުގައިވެސް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ."

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ހުޅިމެންދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ގާއިމްކުރުމަށް ފަށާ މި މަސައްކަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ލ. ހުޅިމެންދޫގައި ތަރައްޤީކުރެވޭ 5 ތަރީގެ ޓްރެއިނިންގ ރިސޯޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދޭނެ ކަމެއްކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން