އާރބަން ސެންޓަރުތަކަކީ ރައްޔިތުންނަށް ރައްކާތެރި މަތީ ތަޢުލީމާއި ސިއްޙީ ފުރުޞަތުތަކުގެ އިތުރުން ވިޔަފާރީގެ އެތަކެއް ފުރުޞަތުތަކެއް ފަހިވެގެން ދާނެ ތަންތަން ކަމަށް
ވަޒީރު ޑރ. ޢަލީ ހައިދަރު އިތުރަށް ވިދާޅުވީ، އާރބަން ސެންޓަރުތަކަށް ކަނޑައަޅާފައިވާ އާބާދީގެ މިންގަނޑަކީ މަދުވެގެން 10,000 މީހުންގެ އާބާދީއެއް ކަމަށެވެ. އަދި މި އަދަދަށްވުރެ އާބާދީ އިތުރުވެއްޖެނަމަ، އިތުރު ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިވަގުތު ސަރުކާރުން ކުރިއަށް ގެންދަނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނާއި ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަރބަން ސެންޓަރުގެ ގޮތުގައި 7 ރަށެއް ކަނޑައަޅުއްވާފައެވެ. އެއީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
މި އާރބަން ސެންޓަރުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމު އަދި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މީގެ އިތުރުން، މި ސެންޓަރުތަކުން ވިޔަފާރިވެރިންނަށްވެސް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.