"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
"ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ "ރަސްމާލެ" މަޝްރޫޢުގެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. 

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ "އޭރިއާ އެފް" ހިއްކުމުގެ މަސައްކަތެވެ. މީގެ ކުރިން "އޭރިއާ ޖޭ" ގެ 29 ހެކްޓަރު ވަނީ ހިއްކާ ނިންމާފައެވެ. ނަމަވެސް، ވެލި ލިބުމުގެ ދަތިކަމުން މަސައްކަތް ވަނީ ވަގުތީގޮތުން ހުއްޓިފައެވެ.

މި މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދެ ސަރަޙައްދަކުން ވެލި ނެގުމުގެ ހުއްދަ ދީފައިަ ދީފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި ހުއްދައާއެކު، މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމުގެ މަގު ވަނީ ފަހިވެފައެވެ.

"ރަސްމާލެ" މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ 12 ސަރަޙައްދަކަށް ބަހާލައިގެން، ދެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. މި ސަރަޙައްދުތައް ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ވަނީ ދެއްވާފައެވެ.

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، ގިނަ އަދަދެއްގެ ބިންތަކާއި ގޯތިތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން