އޭޑީބީން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އޭޑީބީން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ. މިއީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި ކާބޯތަކެތީގެ ނިޒާމު ދެމެހެއްޓުމަށް ދީފައިވާ އެހީއެކެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި، މި އެހީގެ ތެރެއިން 4 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ލޯނުގެ ގޮތުގައެވެ. އަދި 17.95 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ގްރާންޓުގެ ގޮތުގައެވެ.

މި އެހީގެ ދަށުން ގިނަ މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި މޫސުމާބެހޭ އިދާރާ އަޕްގްރޭޑްކުރުމާއި، މާލެ އަދި އައްޑޫގައި އަރލީ ވޯނިންގ ސިސްޓަމް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި ސްޓޯމް ވޯޓަރ ޑްރެނޭޖް ސިސްޓަމް ޤާއިމުކުރުމާއި، ކުޅުދުއްފކުޅުދުއްފުށީ ކަނޑޫފާ ސަރަހައްދު އާލާކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

އަދި މީގެ އިތުރުން، ކްލައިމެޓް ސްމާޓް އަރބަން ފާމިންގ ތަޢާރަފުކުރުމާއި، ހަނިމާދޫގައި ދިރާސާކުރެވޭނެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އެހީގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

އޭޑީބީގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި އެހީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އެހީތެރިވުމާއި، ޤައުމުގެ ކާބޯތަކެތީގެ ނިޒާމު ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.                     

މިއަދު އޮންލައިން