މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް 12 ނޮވެންބަރު 2024 އިން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށާއި ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައް ވެސް އެމްއެމްއޭ އިން ވަނީ އިއުލާން ކޮށްފައެވެ.
· ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް.
· ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
· އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
އެމްއެމްއޭ އިން މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްދިނުމަށެވެ.