އަނބިމީހާއަށް ކެންސަރުޖެހުމުން ބަލިން ސަލާމަތްވުމުގެ ފުރުޞަތު އޮތްއިރުވެސް ބޭސްކޮށް ނުދޭނެކަމަށް ބުނެފަ ދެވަނަ އަންބަކު ހޯދި ފިރިހެނަކަށް ޖެހުނު ޙާލާ އޭނާގެ ނިމުން- ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އަނބިމީހާއަށް ކެންސަރުޖެހުމުން ބަލިން ސަލާމަތްވުމުގެ ފުރުޞަތު އޮތްއިރުވެސް ބޭސްކޮށް ނުދޭނެކަމަށް ބުނެފަ ދެވަނަ އަންބަކު ހޯދި ފިރިހެނަކަށް ޖެހުނު ޙާލާ އޭނާގެ ނިމުން- ވަރަށް ޢިބްރަތްތެރި!

އަޅުގަނޑުމެންގެ ކައިވެންޏަށް 5 ވަނަ އަހަރު އަޅުގަނޑުގެ އުރަމަތީގައި ރިއްސަން ފެށިއެވެ. ކުރި ޓެސްޓްތަކުން އެނގުނީ ކެންސަރުޖެހިފައިވާކަމާއި ވަރަށް އަވަހަށް އޮޕަރޭޝަންކުރެވިއްޖެނަމަ ބަލިފަސޭހަކުރެވިދާނެ ކަމެވެ. ލަސްކޮށްފިނަމަ އުރަމަތި ނަގަންވެސް ޖެހިދާނެކަމާއި ފުރާނައަށް ނުރައްކައުވެދާނެ ކަމެވެ. 

ފިރިމީހާއަކީ އަޅުގަނޑު ގޮވައިގެން ޑޮކްޓަރަށް ގޮސް އުޅޭ މީހެއް ނޫންވީމާ މިވާހަކަ ފިރިމީހާ ގާތުގައި ބުނަން ޖެހުނީ އަޅުގަނޑަށެވެ. ބުނީމާ ދިން ޖަވާބު އެނގޭހެއްޔެވެ؟ "ތިއައީ އަންހެނުންނަށް ޖެހޭ ޢާންމު ބައްޔެކެވެ. ތިއަކަމަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ." 

އެވަރުން ވެސް ފުއްދައިލީއެއް ނޫނެވެ. "ކަލޭ ވަރިކުރަން ވިސްނާތާ ކިތަންމެ ދުވަހެކެވެ. ކަލެއަށްވުރެ މާރީތި އަންތބަކު ހޯދައި ކައިވެނިވެސްކޮށްފީމެވެ. މާދަމާ މިގެއަށް ގެންނާނަމެވެ. އެކަމަށް ނުރުހޭނަމަ ގެއިން ނުކުމެގެންދާށެވެ. ކަލޭ ވަރިކުރަން ނިންމީ ތިއައީ ދަރިއަކު ލިބޭ އަންހެނަކަށްވެސް ނުވާތީއެވެ." 

އަޅުގަނޑެއް ނުދަމެވެ. އޭނާ ބުނިފަދައިން އަނެއް ދުވަހު 2 ވަނަ އަނބިމީހާ ގެއަށް ގެނައެވެ. ނުކުމެގެން ގެއަށް ދިއައީ އަޅުގަނޑުގެ ކުރިމަތީގައި ދެމީހުން ލޯބިކޮށް ކަންކަންކުރަން ފެށީމާ އެތަން ބަލަން ކެތްނުކުރެވިގެންނެވެ. 

އަޅުގަނޑަށް ކުރިމަތިވި ޙާލަތު ކިޔައިދިނުމުން ބޭބެ ވަގުތުން އަޅުގަނޑަށް ފަރުވާކޮށްދިނެވެ. ކެންސަރުން ސަލާމަތްވިއެވެ. ދެވަނަ ކައިވެނިކޮށްގެން ދިރިއުޅެންވެސް ފެށީމެވެ. އެކައިވެނީގައި 4 އަހަރުވީއިރު 2 ކުދިންވެސް ލިބުނެވެ. ދެމީހުން އުފަލުގައި ދިރިއުޅެމުން ދަނިކޮށް އެއްދުވަހަކު ކުރީގެ ފިރިމީހާ ގެއަށް އައެވެ. ހުރީ ވަރަށް ބަލި ގޮތަކަށެވެ. އެހެންވެ އިޙްތިރާމްކޮށް ގެއަށް ވައްދައި މެހްމާންދާރީ އަދާކުރުމުން ބުންޏެވެ. 

"މިއައީ އެންމެ ބޭނުމަކުއެވެ. އަހަރެންނަށް ކަލެއާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު މާފަށް އެދޭށެވެ. އެކަމުގެ ހިތިރަހަ ވަރަށް ބޮޑަށް ލައިފިއެވެ. ކަލޭ އެއްލާލާފައި ހޯދި ދެވަނަ އަނބިމީހާވީ ފައުޅުގައި ހިލޭ ފިރިހެނުން ގެންގުޅޭ އަންހެނަކަށެވެ. އޭނާ ވަރިކޮށްފައި ފޮނުވައިލިތަނާ ބަލިވެގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އެނގުނީ އަހަރެންނަށް އެއިޑްސް ޖެހިފައިވާ ކަމެވެ. ވީމާ ދެން މާގިނަ ދުވަހަކު އަހަރެން ދުނިޔެއަކު ނުހުންނާނެއެވެ. ވީމާ އަހަރެންނަށް މާފުކޮށްދޭށެވެ. ދިރިއުޅުން ބިލާހަކަށްވެ ދުނިޔެ ދޫކުރަން މިޖެހުނީ އެދުވަހު ކަލެއަށް ކަންތައް ކުރެވުނު ގޮތުންކަން ޤަބޫލުކުރެވި ވަރަށް ދެރަވަމެވެ." 

އަޅުގަނޑު އޭނާއަށް މާފުކުރީމެވެ. އަދި ހެޔޮދުޢާވެސްކުރީމެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ކުރުކުރު ޚުލާޞާއެކެވެ. އަޅުގަނޑުގެ ބޭނުމަކީ ދިރިއުޅެމުންދަނިކޮށް އެކަކަށް ބޮޑު ބައްޔެއް ޖެހުމުން އެމީހާ ނިކަމެތިކޮށްލާ މީޙުންގެ ގާތުގައި ހަމަ މިވާހަކައިގައި އެބުނާފަދައިން ކަންކަން މެދުވެރިވެދާނެ ކަމަށް ބުނުމެވެ. އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އެކި ގޮތަށެވެ. އެނގޭކަމަކީ ބައިވެރިޔާއަށް ނިކަމެތި ގޮތްތައް ހަދާލާފައި އުފަލުގައި ނުއުޅެވޭނެކަމެވެ. ހިތާމައާއި ހިތްދަތިކަން އަރައިހަމަކުރާނެ ކަމަށެވެ. 

މިއީވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކަކޮޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. 

- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން