މިއަހަރު ނިމުމުގެ ކުރިން އިތުރު 26 މަޝްރޫޢުގެ މަސައްކަތް ނިމޭނެ: ވަޒީރު މުއްޠަލިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
މިއަހަރު ނިމުމުގެ ކުރިން އިތުރު 26 މަޝްރޫޢުގެ މަސައްކަތް ނިމޭނެ: ވަޒީރު މުއްޠަލިބު

މިއަހަރުގެ މިހާތަނަށް ތަރައްޤީއަށް ހިންގި މަޝްރޫޢުތަކުގެ ތެރެއިން 38 މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އިތުރު 26 މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.


ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މިއަހަރު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ދަތިވެފައިވަނީ، މަޝްރޫޢުތައް ނުހިންގޭނެ ކުޑަ ޢަދަދުތަކުން ބަޖެޓުގައި ފައިސާ ހިމަނާފައި ހުރުމުން ކަމަށެވެ. ނަމަވެސް ވަކި ތަރުތީބަކުން މަޝްރޫޢުތައް ނިންމަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ ސަރުކާރުގައި ބައެއް މަޝްރޫޢުތައް ހިންގުމަށް ބައެއް ރަށްރަށަށް ދެތިން މީހަކު ގެންގޮސްގެން މަޝްރޫޢުތައް ފަށާފައި ހުރި ކަމަށާއި، އެހެންކަމުން މަޝްރޫޢުތައް ކުރިއަށްނުގޮސް ވަރަށް ބޮޑަށް މަޑުޖެހިފައި ހުރި ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން މަޝްރޫޢުތައް އަވަހަށް ނިންމޭނެ ގޮތަށް މަސައްކަތްތައް ތަރުތީބުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު އިތުރަށް ވިދާޅުވީ މަޝްރޫޢުތަކުގެ މަސައްކަތްތައް އަވަސްކުރަން ކުރެވުނު މަސައްކަތްތަކާއެކު މިއަހަރުގެ މިހާތަނަށް 38 މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އިތުރު 26 މަޝްރޫޢެއްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

މި ބަޔާންތަކުން އެނގެނީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމާއި، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ނިންމުމަށް ރޭވިފައިވާ ކަމެވެ.                     

މިއަދު އޮންލައިން