އިސްލާމްދީނާ ޤާނޫނުތަކާ ޚިލާފް ނުވާނަމަ ސަރުކާރުން ނޫސްވެރިކަން ކޮންޓްރޯލް ނުކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިސްލާމްދީނާ ޤާނޫނުތަކާ ޚިލާފް ނުވާނަމަ ސަރުކާރުން ނޫސްވެރިކަން ކޮންޓްރޯލް ނުކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ!

އިސްލާމްދީނާއި ޜާއްޖޭގެ ޤާނޫނުތަކާއި ޚިލާފް ނުވާނަމަ އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިކަން ކޮންޓްރޯލް ނުކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

"ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން. މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ."

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

އެކްސްޕޯސްޓްގައި އެމަނިކުފާނު މިފަދަ ބަސްފުޅެއް ޕޯސްޓްކުރައްވާފައިވާއިރު ބައެއް ފަރާތްތަކުން މީޑިއާގެ ބޭނުންކުރަމުން ގެންދަނީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތަށް ނޫންކަން ގިނަބައަކު އަންނަނީ ފާހަގަކުރަމުންނެވެ. ދުލުން ބުނި ނަމަވެސް ލިޔެގެން ހާމަކުރިނަމަވެސް ދޮގެއް ވާނީ ދޮގަކަށް ކަމުގައިވާތީއެވެ. 

މިއަދު އޮންލައިން