އިޤްތިޞާދީ ދަތި ހާލަތުގައިވެސް، ބަންކަރިންގ ޚިދުމަތުން އެސްޓީއޯއަށް 1.5 މިލިއަން ޑޮލަރު ލިބިފައިވޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިޤްތިޞާދީ ދަތި ހާލަތުގައިވެސް، ބަންކަރިންގ ޚިދުމަތުން އެސްޓީއޯއަށް 1.5 މިލިއަން ޑޮލަރު ލިބިފައިވޭ: ވަޒީރު

އިޤްތިޞާދީ ދަތި ހާލަތުގައިވެސް، ބަންކަރިންގ ޚިދުމަތުން އެސްޓީއޯއަށް 1.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހު އުތުރުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށިފައިވާ ކަމަށެވެ. މި ޚިދުމަތް ފެށުމާ ގުޅިގެން، އެސްޓީއޯއިން 4000 ޓަނުގެ 2 ބޯޓު ގެނެސްފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބަންކަރިންގ ޚިދުމަތުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިހަވަންދިއްޕޮޅުގެ އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ބަނދަރު ހަދާނެ ފަރާތެއް ހޯދިފައިވާ ކަމަށާއި، އިންޓަނޭޝަނަލް ފައިނޭންސިންގ ސެންޓަރުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. އަދި އެމްޕީއެލްއިން އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް ވަޒީރު ސަޢީދު އުންމީދު ފާޅުކުރެއްވިއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.                     

މިއަދު އޮންލައިން