ކޯވިޑާ ގުޅިގެން ރާއްޖެއަށް ލިބުނު 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީއިން 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކޯވިޑާ ގުޅިގެން ރާއްޖެއަށް ލިބުނު 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީއިން 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ: ވަޒީރު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ލިބުނު 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް.

ވަޒީރު ސަޢީދު ދެއްވި މަޢުލޫމާތުގައި، ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޖުމްލަ 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބުނު ކަމަށާއި، މީގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށް ރިޕޯޓުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އަނެއް 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ފައިސާއަށް ވީގޮތް ބަލަން ޖެހޭ," ވަޒީރު ސަޢީދު ވިދާޅުވިއެވެ. "ސަރުކާރުން މިހާރު ކޯވިޑާ ބެހޭ އޮޑިޓެއް ހަދަމުން ގެންދަނީ. މި އޮޑިޓް ނިމުމުން، އެއްވެސް ޚިޔާނާތެއް ހިނގާފައިވާނަމަ އޭގެ ތަފްސީލު އެނގޭނެ."

މި މައްސަލައިގައި ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރު އިތުރު ތަފްސީލެއް ހާމަނުކުރެއްވި ނަމަވެސް، އޮޑިޓްގެ ނަތީޖާ ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.

ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ލިބުނު ބޮޑު އަދަދެއްގެ ހިލޭ އެހީއަށް ވީގޮތް ނޭނގުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.                     

މިއަދު އޮންލައިން