ރަސްމީ ދަތުރުފުޅެއްގައި މެޑަމް ސާޖިދާ ދިއްގަރަށް ވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 28ސ
ރަސްމީ ދަތުރުފުޅެއްގައި މެޑަމް ސާޖިދާ ދިއްގަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރަސްމީ ދަތުރުފުޅެއްގައި މ. ދިއްގަރަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އެ ރަށުގައި ކުރިއަށްގެންދާ ޖަލްސާ އެކަމަނާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އަދި މި ދަތުރުފުޅުގައި ދިއްގަރުގައި ޤާއިމުކުރާ ނޮން-ކޮމިއުނިކަބަލް ޑިޒީޒް ކްލިނިކް ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކް އެކަމަނާ އިފްތިތާޙުކޮށްދެއްވާނެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން