އުރީދޫ މޯލްޑިވްސް ޕލކ. އިން މިއަދު އިޢުލާނުކޮށްފިއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުންފުނީގެ އާދަޔާ ޚިލާފު އާންމު ޖަލްސާއެއް (އީޖީއެމް) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ އެންމެހައި ފަރާތްތަކަށެވެ. މީގެ ތެރޭގައި ޤާނޫނީ ޝަޚްޞުތައްވެސް ހިމެނެއެވެ. މި ފަރާތްތަކަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން އިތުރަށް ބުނެފައިވަނީ، އީޖީއެމްގެ ނޯޓިސް އަދި އެޖެންޑާ، ތާރީޚު، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓު ދިނުމާ ގުޅޭ އާންމު މަޢުލޫމާތު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރާނެ ކަމަށެވެ.