މަސްވެރިންނަށް ހައުސިންގ ލޯން ސްކީމްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މަސްވެރިންނަށް ހައުސިންގ ލޯން ސްކީމްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ ހައުސިންގ ލޯން ސްކީމްތަކަށް މަސްވެރިންނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން އިއްޔެ އިޢުލާނުކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދެވެ.

ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި، މި ފުރުސަތު ލިބޭނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތަކަށްވެސް މި ފުރުސަތު ހުޅުވާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޚަބަރާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 80% އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެފައިވާކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މި ދަފްތަރުގެ މަސައްކަތް ނިންމާލުމަށް އަމާޒުކުރާކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ފުރުސަތު ހުޅުވާލުމާއެކު، ގިނަ މަސްވެރިންނަށް އަމިއްލަ ގެދޮރު ހޯދުމުގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. މިއީ ސަރުކާރުން މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފާހަގަކުރެވެއެވެ.
 

މިއަދު އޮންލައިން