މާލޭ ފުރުޤާން މިސްކިތާއި ހުޅުމާލެ އާލް ސާނީ މިސްކިތުގައި ދެ އިމާމުން ތިބޭގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާލޭ ފުރުޤާން މިސްކިތާއި ހުޅުމާލެ އާލް ސާނީ މިސްކިތުގައި ދެ އިމާމުން ތިބޭގޮތަށް ހަމަޖައްސައިފި

މާލޭ ފުރުޤާން މިސްކިތާއި ހުޅުމާލެ އާލް ސާނީ މިސްކިތުގައި ދެ އިމާމުން ތިބޭގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއް ތަންފީޒުކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން މި ދެ މިސްކިތުގައި ދެ އިމާމުން ޚިދުމަތް ދޭން ފަށާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި ދެ މިސްކިތަކީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ނަގާފައި މާލެ ސަރަޙައްދުގައި ހުންނަ އެންމެ ބޮޑު ދެ މިސްކިތެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކަށްވެސް ދެ އިމާމުން ޢައްޔަންކުރެވިގެންދާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. 

އަދި ހަމަ މިއާއެކު، ރައީސްގެ މެނިފެސްޓޯގައި ހިމެނޭ އަނެއް ވަޢުދެއް ކަމަށްވާ ހިލޭ ސާބަހަށް ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްވެސް ފެށިގެންދާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިގޮތުން، ވިލިމާލޭގައި ޤުރުއާން މަރުކަޒުގެ ގޮފިއެއް މިއަދު ހުޅުވިގެންދާނެ ކަމަށް ބުނެފައިވެއެވެ. މި ގޮފި ހުޅުވިގެންދަނީ ހުޅުމާލެ އަލް ބިއްރު މިސްކިތުގެ ބައެއްގެ ގޮތުގައެވެ.

މި މަސައްކަތްތައް ކުރިއަށްދަނީ މާލެ ސިޓީ ކައުންސިލާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ފިޔަވަޅުތަކަކީ ރާއްޖޭގައި އިސްލާމްދީނުގެ ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން