ސިޙުރުން ސަލާމަތްވެ ހުންނަން ނިކަން މިކަން ކޮށްބަލަ! އެންމެ ބާރުގަދަ ޖިންނިތަކަށްވެސް ތިބާވެސް، ތިބާއުޅޭގެވެސް ނުވެސް ފެންނާނެ! ވައިވެސް ނޭޅެވޭނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ސިޙުރުން ސަލާމަތްވެ ހުންނަން ނިކަން މިކަން ކޮށްބަލަ! އެންމެ ބާރުގަދަ ޖިންނިތަކަށްވެސް ތިބާވެސް، ތިބާއުޅޭގެވެސް ނުވެސް ފެންނާނެ! ވައިވެސް ނޭޅެވޭނެ!: އިން ޝާ ﷲ

ސިޙުރު ހެދުމަކީ އެންމެ ބޮޑު އެއްފާފަ ނަމަވެސް ސިޙޫރުހަދާ މީހުން ވަރަށް ގިނަވެއްޖެއެވެ. ސިޙުރުގެ އުނދަގޫތައް ޖެހޭ މީހުން ގިނަވެއްޖެއެވެ. އެހެންވެ ސިޙުރުން ސަލާމަތްވެ ރައްކައުތެރިވެ ހުރެވޭނެ ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ.  

ސިޙުރުން ރައްކައުތެރިވެ ތިބުމަށް ކުރަން އޮތް ފުރަތަމަ ކަމަކީ ފަތިސްނަމާދުން ދުވަސްފެށުމާއި ދެއިރުކިޔަންޖެހޭ ޛިކުރުތައް ކިޔުމެވެ. ސިޙުރުގެ އުނގަލެއްވާކަމަށް ވިސްނިއްޖެނަމަ އިތުބާރު ކުރެވޭ މީހަކު ލައްވައި ރުޤްޔާކުރުވުމެވެ.  

ތިރީގައިވާ ލިޔުމަކީ ސިޙުރުން ސަލާމަތްވެ ހުރުމުގެ އެންމެ ބޮޑު އައްޑަނައެވެ. މިހެން މިބުނަނީ އެއައްޑަނައިގެ ބޭނުން ހިފާނަމަ ކިތަންމެ މޮޅު ސިޙުރުވެރިއަކު ކިތަންމެ ބާރުގަދަ ސިޙުރެއް ހަދައި ސިޙުރު ޖައްސުވަން ޖިންނި ފޮނުވިޔަސް އެއްވެސް ޖިންނިއަކަށް ތިބާއާއި ހަމައަށް ވާޞިލްވެސް ނުވެވޭނެތީއެވެ.    

އެއީ ވަރަށް ތަނަވަސް މީހެކެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ކައިވެނިކުރަން ބޭނުންވި ކުއްޖާ އެކަމަށް ނުރުހުމުން އޭނާ ޤަޞްދުކުރީ ސިހުރުވެރިންގެ އެހީތެރިކަން ހޯދައިގެން ކުއްޖާ ހޯދާށެވެ.  

ރަށުގައި ތިބި ބޮޑެތި ސިހުރުވެރިންގެ ގާތަށްގޮސް ބޮޑެތި ހޭދަތައް ކުރުމުންވެސް ކާމިޔާބެއް ނުވިއެވެ. ދެން އޭނާ ޤަޞްދުކުރީ ދުނިޔޭގައި ހުރި އެންމެ ބޮޑު ސިޙުރުވެރިޔާ ގާތަށްދާށެވެ. އެހެންވެ އޭނާހުރި ޤައުމަށްގޮސް އޭނާ އާއި ބައްދަލުކުރުމުން އެއީ އެއްވެސް ކަމެއް ނޫން ކަމަށާއި އޭނާބުނާ ވަރަކަށް ފައިސާދީފައި އެނބުރި ޤައުމަށްގޮސް މަޑުކޮށްލުމަށެވެ.  

ބުނިވަރަށް ފައިސާދިފައި ގޮސް މަޑުކޮށްގެންހުންނަތާ އެތައް ދުވަހެއްވީއިރުވެސް އެކަން ކާމިޔާބުވުމުގެ އެއްވެސް ނިޝާނެއް ނުފެނުމުން އެނބުރި އަނެއްކާވެސް އެންމެ ބޮޑު ޞިޙުރުވެރިޔާ ގާތަށްގޮސް އެއްވެސް ކާމިޔާބެއް ނުލިބުނު ކަމަށް ބުންޏެވެ.  

ސިޙުރުވެރިޔާ ބުންޏެވެ. "ތިއަކަން ވާކަށް ނެތެވެ! ތިއަކަން ހަނދާން ނައްތައިލާށެވެ! އެންމެ ބާރުގަދަ ހުޝިޔާރު ޖިންނި އެތައް ފަހަރަކު ފޮނުވުމުންވެސް އެންމެ ކުޑަމިނުން އޭނާ އުޅޭގެވެސް ޖިންނިއަކަށް ނުފެނުނެވެ."  

މިވީ ކިހިނެއްކަމަށްތޯއެވެ؟ އެކުއްޖާއަކީ ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާ ކުއްޖެކެވެ. އެހެންވީމާ އެންމެ ބާރުގަދަ، އެންމެ ހުޝިޔާރު ޖިންނި ފޮނުވުމުންވެސް އޭނާ އުޅޭގެވެސް ޖިންނިއަށް ނުފެނުނީއެވެ. (ބަޤަރާ ސޫރަތް ކިޔަވަމުންދާ މީހަކުނަމަ ގެއިން ބޭރުގައި ހުއްޓަސް ޖިންނިއަށް އެމީހަކު ނުފެންނާނެތެވެ. އިން ޝާ ﷲ) 

މިއީ ރާއްޖޭގެ ޝައިޚަކު މިއަދުނޫހަށް ވިދާޅުވެދެއްވި ވާހަކައެކެވެ. ޝައިޚް ވިދާޅުވީ މިވާހަކައަކީ އޭނާއަށްވެސް ބޭރުގެ ބޮޑު ޝައިޚަކު ވިދާޅުވެދެއްވާފައިވާ ޙަޤީޤީ ވާހަކައެއް ކަމަށެވެ.  

ޝައިޚް ވިދާޅުވިއެވެ. "ޞިޙުރު ނުޖެހުނަސް ޞިޙުރުގެ ނުބައިކަމުން ސަލާމަތްވެހުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާށެވެ! އެއްދުވަހުން ނުކިޔެވޭނަމަ 3 ދުވަހުން ނަމަވެސް ކިޔަވާށެވެ. އެމީހަކަށް ޞިހުރެއް ނުޖެހޭނެއެވެ. ޞިޙުރުން ރައްކައުތެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން