ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް 911 ހޮޓްލައިން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް 911 ހޮޓްލައިން ތަޢާރަފުކޮށްފި

ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް 911 ހޮޓްލައިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފުކުރެވުނީ ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ހުރިހާ އިދާރާއަކަށް ގުޅޭނެ ގޮތް ހެދުމަށެވެ.

މި އައު ޚިދުމަތުގެ ސަބަބުން، ރައްޔިތުންނަށް ފުލުހުން، އެމްބިއުލާންސް، ކޯސްޓްގާޑް އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޚިދުމަތް އެއް ނަންބަރަކުން ލިބިގެންދާނެއެވެ. 911 ނަންބަރު އިޚްތިޔާރުކުރެވުނީ ގިނަ މީހުންނަށް ފަސޭހައިން ހަނދާންކުރެވޭނެތީ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ކޮމިއުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މުވައްޒަފުންނަށް ތަމްރީނު ދީ، ކޯލް ސެންޓަރުގެ ޤާބިލުކަން އިތުރުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވަނީ މި ޚިދުމަތް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މި އައު ޚިދުމަތުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް ފަސޭހަވެ، އަވަސް އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން