ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އަންނަ ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދެއްވާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމްގެ ތައްޔާރީތައް މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް އެއް އަހަރުވުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާޙަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ޕްރޮގްރާމަކީ ރަމަޟާންމަހު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެއްކަމަށެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންނަށް ދެއްވި އެހީތެރިކަމުގެ ތަފްސީލުތަކެއްވެސް ހާމަކުރައްވާފައެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ރަމަޟާންމަހު 82,000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ހިލޭ ދެއްވިކަމަށާއި، ފެނާއި ކަރަންޓް ބިލަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މިފަދަ އެހީތެރިކަމަކީ ކުރީގެ ސަރުކާރުތަކުން ކޮށްދީފައިވާ ކަމެއް ނޫނެވެ. މިއީ މި ސަރުކާރުން ރައްޔިތުންނަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން