ތަނަވަސް މީހަކު ދޮނެއްދޭން އެދުމުން ފިރިމީހާއަށް ނޫނީ ނުދޭނެކަމަށް ބުނި އަންހެނަކަށް ލިބުނު ބޮޑު ނަޞީބުގެ ވާހަކައާ އޭނާގެ މެސެޖް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ތަނަވަސް މީހަކު ދޮނެއްދޭން އެދުމުން ފިރިމީހާއަށް ނޫނީ ނުދޭނެކަމަށް ބުނި އަންހެނަކަށް ލިބުނު ބޮޑު ނަޞީބުގެ ވާހަކައާ އޭނާގެ މެސެޖް!

އެއީ އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅި 7 ވަނަ މަހެވެ. އަތްމަތި ވަރަށް ދައްޗެވެ. ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ހަމަޖައްސައިލެވޭވަރުވަނީ 2 ދަރިންގެ ބޭނުންތަކެވެ. އެހެންކަމާއިއެކުވެސް މަސައްކަތްކުރަމުން އެއްވެސް މީހެއްގެ ކިބައިން އެއްވެސް ވަރެއްގެ އެހީތެރިކަމެއް ނުހޯދައި އުޅެވޭތޯއެވެ. 

އަޅުގަނޑުގެ ބޮސް އެއްދުވަހަކު ބޮސްގެ ކެބިނަށް ގެންގޮސްފައި ސިޓީއުރައެއް ދޭން އުޅުމުން ބުނީމެވެ. "ހިފާނީ ފަހުން އެއްވެސް ވަރެއްގެ ބަދަލަކަށް ނުއެދޭނެ ނަމައެވެ. ހަމައެކަނި ޞަދަޤާތަކަށް ދޭ އެއްޗެއް ނަމައެވެ." އެގޮތަށް އެއްބަސްވުމުން ހިފީމެވެ.  

އެއިގެ 2،3 ދުވަސް ފަހެވެ. އޮފީހަށް އައިސް އުޅޭ ބޮސްގެ އެކުވެރިއަކު އަޅުގަނޑުގެ ކެބިނަށް ވަދެފައި އާދައިގެމަތިން މަޖާ ވާހަކައެއް ބުނެލާފައި އެދުނީ ދޮނެއް ދިނުމަށެވެ. ހަމަ އެންމެ ދޮނަކަށެވެ. ޖަވާބުގައި ބުނީމެވެ. "ބުނަންހެއްޔެވެ؟ ފިރިމީހާ ނޫން އެއްވެސް ފިރިހެނެއްގެ ގައިގައި މި 2 ތުންފަތް މިހާތަނަށްވެސް ބީހިފައެއް ނުވާނެއެވެ. ފަޤީރަސް، ދަތިޙާލުގައި އުޅެންޖެހުނަސް ސޭލެއް ނުއަޅުވާނަމެވެ. މި 2 ތުންފަތް ބީހޭނީ ފިރިއަކު ލިބުނު ދުވަހަކުން އޭނާގެ ގައިގައެވެ."  

އެއިގެ 2،3 ދުވަސްފަހެވެ. ބޮސް ބުނެގެން ބޮސްގެ ކެބިނަށް ދިއައިރު ބޮސްގެ އެކުވެރިޔާވެސް އިނެވެ. ގޮސްވަނުމުން ބޮސް ބުންޏެވެ. "މާގިނަ ވާހަތަކެއް ދައްކާކަށް ނެތީމެވެ. އަހުރެންގެ އެކުވެރިޔާ އާއި އަހުރެންނާއި ގުޅުން އޮންނަވަރު ޒީނާއަށް ރަނގަޅަށް އެނގޭނެއެވެ. އެކުވެރިޔާ ބޭނުންވަނީ ޒީނާ އާއި ކައިވެނިކުރާށެވެ! ޤަބޫލުވެ ކައިވެނިކޮށްގެން ދެރައެއް ލިބިއްޖެނަމަ ބަދަލުދޭން ޒިންމާވަމެވެ." ޖަވާބުގައި ގެއަށް ދިއައިމަ ހެކިވެރިން ފޮނުވަން ބުނެފައި އެނބުރި މަސައްކަތްކުރަން ދިއައީއެވެ.  

ހެކިވެރިން ފޮނުވިއެވެ. ކައިވެނިވެސްކުރެވުނެވެ. ކައިވެނީގައި މިހާރު 17 އަހަރުވެސް ފުރުނީއެވެ. އިން ޝާ ﷲ ހަމަ ވަރަށް ކާމިޔާބެވެ.  

ދެން މިކިޔައިދެނީ ކައިވެނިކުރެވުނު ސަބަބެވެ. އަޅުގަނޑު އުޅެނީ ވަރަށް ދަތިކޮށްކަން ބޮސްއަށް އެނގިގެން ޞަދަޤާތެއް ދޭން އުޅުނު ދުވަހު އަޅުގަނޑު ބޮސްގާތުގައި ބުނިވާހަކަ އެކުވެރިޔާގެ ގާތުގައި ބޮސްބުނީއެވެ. އެހެންވެ އަޅުގަނޑުގެ ގޮތް ބަލައިލަން އެކުވެރިޔާ އަޅުގަނޑާއި ސަމާސަކޮށްލީއެވެ. ބޮސްގެ އެކުވެރިޔާފަދަ ތަނަވަސް މީހަކަށް އަޅުގަނޑު ދިން ޖަވާބު އޭނާއަށް ކަމުދިއައީއެވެ. ކައިވެންޏަށްފަހު މިވާހަކަތައް ކިޔައިދެމުން ބުނީ އެއީ އަޅުގަނޑު ފަދަ ހަރުދަނާ އަންހެނުން އުޅޭކަން އެނގުނު ފުރަތަމަ ދުވަސް ކަމަށެވެ.  

ކިޔުންތެރިންނަށް އަޅުގަނޑުގެ އަޞްލު މެސެޖަކީ ފިރިމީހާ ނޫން މީހަކަށް އެންމެ ކުޑަމިނުން 2 ދުންފަތް ނަމަވެސް ނުދޭށެވެ. ތިމާގެ ދެތުންފަތަކީ އެންމެންގެ ގައިގައި ކާތާ އެއްޗަކަށް ނުހަދާށެވެ. ޘާބިތުވެވިއްޖެނަމަ އަހުރެންނަށް ލިބުނު ފަދަ ރަނގަޅު ގޮތްތައް ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ 

ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން