ޞަދަޤާތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަަށާއި، އާންމުންނަށް ކޮންމެ ތަނެއްގައި ވެސް ހުރެގެން އޮންލައިންކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމަށް ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތްކުރުމަށް ޚާއްސަ ޕޭޖެއް ޤާއިމްކުރުން ވެގެންދިޔައީ އާންމު ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ.
ވުޒާރާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރަށް މިސްކިތްތަކަށް އެހީވުމަށެވެ. މި ހުރިހައި ކަމަކަށް ވެސް ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އެހީތެރިވެދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މި ޕޭޖް އިފްތިތާޙްކޮށްދެއްްވީ އޮގަސްޓު މަހުގެ 28ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާްމީ ކަންތައްތަްކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވަޒީރު ވަނީ ވާހަކަފުޅުދައްކަައިފައެވެ. މީގެ އިތުރަށް ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ހަމަޖެހުމަކީ ޞަދަޤާތްކުރާން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަކަމެއް ލިބޭނެ ކަމެއްކަމަށާއި ދީނީ އެކި ކަންކަމަށް ވީހައި ވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށެވެ.