5 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 5 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
5 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް 5 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި

މެލޭޝިޔާގައި 5 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން 5 ދަރިވަރަކަށް  ސްކޮލަރޝިޕް ދީފިއެވެ.

މި ސްކޮލަރޝިޕްތަކަކީ ފާއިތުވި ދުވަސްތަކުގައި ބޭއްވުނު "ދާލަން" އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް ދެވުނު ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕްތައް ދެވިފައިވަނީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސަސްއާ ގުޅިގެންނެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު 561 ސްކޮލަރޝިޕް ފުރުޞަތު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި ފުރުޞަތުގެ ދަށުން، މެލޭޝިއާގެ ޔުނިވަރސިޓީތަކުން 70% އާ ހަމައަށް ޓިއުޝަން ފީއިން ޑިސްކައުންޓް ލިބޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އަދި މި ފުރުޞަތުގައި ބައިވެރިވުމުގެ ދޮރު ހުޅުވާލާފައިވަނީ ހަމައެކަނި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. އަމިއްލައަށް ލޯނު ނަގައިގެން ކިޔަވަން ދާން ހަމަޖައްސާފައިވާ ދަރިވަރުންނަށްވެސް މި ފުރުޞަތުގައި ބައިވެރިވެވޭނެކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ސްކޮލަރޝިޕް ފުރުޞަތުތަކަކީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން