ސަރުކާރުގެ އަމާޒު ހާސިލުވެ، ޤަވާއިދާއި ޚިލާފަށް އުޅޭ 5000 ބިދޭސީން ޤައުމަށް ފޮނުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސަރުކާރުގެ އަމާޒު ހާސިލުވެ، ޤަވާއިދާއި ޚިލާފަށް އުޅޭ 5000 ބިދޭސީން ޤައުމަށް ފޮނުވާލައިފި

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އަމާޒު ހާސިލުކޮށް، ޤަވާއިދާއި ޚިލާފަށް އުޅޭ 5000 ބިދޭސީން ޤައުމަށް ފޮނުވާލެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދެވި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިދޭސީންގެ މައްސަލައަށް އިސްކަންދެއްވައި، އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ޝަމްޢާން އިތުރަށް ވިދާޅުވީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ އަދަދު ގިނަކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށްޓަކައި އަންނަ އަހަރު އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް ޤާއިމުކުރެވި، ރެއިޑްތައް ކުރިއަށްގެންދެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޯޑަރު ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން "ބޯޑަރ އިންޓެލިޖެންސް ޑިވިޝަން" އުފައްދާފައިވާ ކަމަށާއި، މިހާތަނަށް 10000 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށްވެސް ޝަމްޢާން ހާމަކުރެއްވިއެވެ.

މި މަސައްކަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ ޤަވާއިދާ ޚިލާފު ބިދޭސީންގެ އަދަދު މަދުކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއަދު އޮންލައިން