ފ. ނިލަންދޫގައި 1500 ޓަނު އަދި ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ފ. ނިލަންދޫގައި 1500 ޓަނު އަދި ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށައިފި

ފ. ނިލަންދޫގައި 50 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކާއި 1500 ޓަނުގެ މަސްފިނިކޮށް ރައްކާކުރާނެ ކާރުޚާނާއެއް އެޅުމަށް ޗައިނާގެ ދޮންގފަންގ އިލެކްޓްރިކް އިންޓަނޭޝަނަލާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށް މަސައްކަތް ވަނީ ފަށާފައެވެ. މިއީ ރާއްޖޭގެ މަސްވެރި ސިނާއަތަށާއި ޕްރޮސެސިންގ ސިނާއަތައް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.

ފ. އަތޮޅުގައި އަޅާ މަސް ކާރުޚާނާއަކީ މެދުރާއްޖެތެރޭގައި އަޅާ އެންމެ ބޮޑު މަސް ކާރުޚާނާއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅުކަމަށްވާ ދިވެހިރާއްޖޭގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ދެގުނަކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ފަށާ މަޝްރޫއެކެވެ.

ދިވެހިން ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރުމުގެ ބަދަލުގައި ރާއްޖޭގައި މަހުގެ އަގުއެއްކޮށް އެކްސްޕޯޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެކެވެ. މިގޮތުން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ އެހީއާއެކު ކޫއްޑޫގައި އިތުރު 4000 ޓަނުގެ ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތް އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައެވެ. މި މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު އެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން