މާރުކޭޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 39 ބިދޭސީން އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މާރުކޭޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 39 ބިދޭސީން އަތުލައިގެންފި

މާލޭ މަސް މާރުކޭޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 39 ބިދޭސީން އިމިގްރޭޝަނާއި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނަކުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މަސް މާރުކޭޓު ސަރަޙައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށެވެ.

"މި އޮޕަރޭޝަނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އަޅުގަނޑުމެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް. މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން،" އިމިގްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.


ސަރުކާރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "އިމިގްރޭޝަން ވޮޗް" ޕވޮޗް" ޕްލެޓްފޯމް ޤާއިމުކޮށް، އެތައް އޮޕަރޭޝަނަކާއި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލެވިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 39 ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްފަހު އަވަހަށް އެމީހުންގެ ޤައުމުތަކަށް ފޮނުވާލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ދިވެހިންނާ މެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން އިންޒާރު ދީފައިވެއެވެ.

މިއަދު އޮންލައިން