މާލޭގެ މަގު ބައްތިތައް އަމިއްލައަށް ދިއްލާ ނިއްވޭގޮތް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މާލޭގެ މަގު ބައްތިތައް އަމިއްލައަށް ދިއްލާ ނިއްވޭގޮތް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ސްޓެލްކޯއިން މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް އަމިއްލައަށް ދިއްލާ ނިއްވޭގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. 

ސަރުކާރަށް 52 ހަފްތާ ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މިއީ ކުންފުނި ސްމާޓްކުރުމުގެ މަސައްކަތުގެ ބައެކެވެ. މިހާރު ބައްތިތައް އޮޓޯމެޓިކުން ދިއްލާ ނިއްވުމުގައި ދުވާލަކު 40 މިނެޓް ބޭކާރުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ސްމާޓް މީޓަރ ސިސްޓަމް މެދުވެރިކޮށް ބައްތިތައް ކޮންޓްރޯލް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރ ލިބޭނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސްމާޓް މީޓަރ ހަރުކުރަން ފަށާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ސްމާޓް މީޓަރާ ގުޅިގެން ކަރަންޓު ބިލާ ބެހޭ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަމަށް ސްޓެލްކޯއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން