ނިލަންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނިލަންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހިމް ތާއާމް މުޙައްމަދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ ޖަނަވަރީ 25 ވަނަ ދުވަހު ފެނަކައާ ހަވާލުކުރެވިގެން ހިންގުނު މަޝްރޫޢެކެވެ. އޭރު މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ. މަޝްރޫޢުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ވެކިއުމް ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށްޓަކައި، މިހާރު ހުރި ނަރުދަމާ ނިޒާމު ގްރެވިޓީ ނިޒާމަކަށް ބަދަލުކުރެވޭނެއެވެ. 

މި މަޝްރޫޢު ނިމުމުން ފ. ނިލަންދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާއެކު ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓްރީއިން އުއްމީދުކުރައްވައެވެ.

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން