52 ހަފްތާގެ ކާމިޔާބީތައް: ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލައިފަ!

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
52 ހަފްތާގެ ކާމިޔާބީތައް: ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލައިފަ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޓެކްސީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް މިހާރު ވަނީ އެކުލަވާލާފައެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ ޙައްޤުތަކާއި އިނާޔަތްތައް ހޯދައިދިނުމެވެ.

މި ދަފްތަރު އެކުލަވާލުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން އިދާރާތަކުން ލިބޭ ޢިނާޔަތްތަކާއި ފުރުޞަތުތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ބޭންކު ލޯނު ފަދަ މާލީ ޚިދުމަތްތައް ހޯދުމުގައި ޝަރުޠުތައް ފުރިހަމަކުރުމަށް ފަސޭހަވެގެންދާނެއެވެ. 

މި ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މި ދަފްތަރު އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން