ރައީސް މުޢިއްޒުގެ ފަލަސްޠީނާ ގުޅޭ މަސައްކަތްޕުޅަކީ ރާއްޖޭގެ ވެރިއަކު ކުރެއްވި އެންމެ ވަރުގަދަ މަސައްކަތް: ރައީސް ޑރ.ވަޙީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސް މުޢިއްޒުގެ ފަލަސްޠީނާ ގުޅޭ މަސައްކަތްޕުޅަކީ ރާއްޖޭގެ ވެރިއަކު ކުރެއްވި އެންމެ ވަރުގަދަ މަސައްކަތް: ރައީސް ޑރ.ވަޙީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަލަސްޠީނާ ގުޅޭ މަސައްކަތްޕުޅަކީ ރާއްޖޭގެ ވެރިއަކު ކުރެއްވި އެންމެ ވަރުގަދަ މަސައްކަތްކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދެއްވި ސްޓޭޓްމަންޓެއްގައި ޑރ. ވަޙީދު ވިދާޅުވީ، ރިޔާސީ ދައުރު ބަދަލުވިއިރު ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިކަމަށެވެ. ނަމަވެސް، މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައީސް މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް، އިންޑިއާ އަދި ޗައިނާއާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ރައީސް މުޢިއްޒު ކުރެއްވި މަސައްކަތް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ގައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްވި ތަޤުރީރަކީ އެންމެ ވަރުގަދަ ތަޤުރީރުކަމަށް ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، ޑރ. ވަޙީދު ވިދާޅުވީ، ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގައި ސަރުކާރަށް އެއްބާރުލުން ދިނުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ޑރ. ވަޙީދުގެ މި ބަސްފުޅުތަކުން، ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ، ޤައުމީ އެއްބައިވަންތަކަމަށް ގޮވާލައްވާފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން