ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުޢިއްޒުގެ ތަޞައްވުރެއް: ޢަލީ އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުޢިއްޒުގެ ތަޞައްވުރެއް: ޢަލީ އިހުސާން

ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ އައު ލޯގޯ އިފްތިތާޙް ކުރުމަށްފަހު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މަސައްކަތަކީ ރާއްޖޭގައި މިވަގުތު ކުރެވޭ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެކެއް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މި ދައުރުގައި ޑިޕާޓްމަންޓަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދައިދިނުން," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަކީ ޒާތުގައި ކުށްކުރާ ބައެއް ނޫނެވެ. ނަމަވެސް، މުޖުތަމަޢުގެ ހާލަތުން ކުށްތަކަށް ހުށަހެޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓަކީ 2020 ވަނަ އަހަރު އުފެދުނު އިދާރާއެކެވެ. މި ޑިޕާޓްމަންޓުގެ މައިގަނޑު މަޤްޞަދަކީ ކުށްތަކަށް ހުށަހެޅޭ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރުމެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން