ދިފާޢީ ވަޒީރު ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފްއާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 27ސ
ދިފާޢީ ވަޒީރު ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފްއާ ބައްދަލުކުރައްވައިފި

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ސަޢީދު އާސިމް މުނީރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ޕާކިސްތާނުގައި ކުރިއަށްދާ “12 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރ"ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން