އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކަށް

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފިއެވެ. މިއީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް އެ ކޮލެޖުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ އިތުރުން، ފުވައްމުލަކު ސިޓީގެ އެކި ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތު. މިގޮތުން، ފުވައްމުލަކު ސިޓީ ކައުންސިލާއި، ޙިފްޡު ކޮމިޓީ އަދި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި، ޙާފިޡުންނާއި އަދި އެ ސިޓީގެ އިމާމުންނާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން، ވަޒީރު ޝަހީމް ފުވައްމުލަކު ސިޓީގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވާލައްވާނެއެވެ. އަދި ވަޤުފް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުވެސް ބައްލަވާލައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަޒީރުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

 

މިއަދު އޮންލައިން