އިސްތަށިގަނޑަށް ކަޅުކަން ލިބުމުގެ އިތުރުން ވަރުގަދަވެފައި ބޮލުން އިސްތަށިފޭބުންވެސް ހުއްޓޭނެ ފަރުވާއެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިސްތަށިގަނޑަށް ކަޅުކަން ލިބުމުގެ އިތުރުން ވަރުގަދަވެފައި ބޮލުން އިސްތަށިފޭބުންވެސް ހުއްޓޭނެ ފަރުވާއެއް!

ބައެއް ކުދިން ވަރަށް ޒުވާން ޢުމުރުގައި އިސްތަށީގެ ކަޅުކަން ގެއްލި ހުދުވެއެވެ. އެކަމަށް ނުރަޖެހުން ކަމަށްވެސް ކިޔައެވެ. އެކަމަކު ނުރަޖެހުމުގެ އަޞްލު މާނައަށް ބަލައިފިނަމަ ކިޔައި އުޅެނީ ޢުމުރުން ދުވަސްވުމުން އިސްތަށީގެ ކުލަ ހުދުވުމަށެވެ. 

ޒުވާން ޢުމުރުގައި އިސްތަށީގެ ކުލަ ހުދުވާނަމަ އެކަމުން ސަލާމަތްވާން ފަރުޥާކުރެވިދާނެއެވެ. އެގޮތުން ފަރުވާކުރުމަކީ ޢުމުރުން ދުވަސްވުމުން ޒުވާންކަން ދައްކަން އިސްތަށި ކަޅުކުރުމެއް ނޫނެވެ. އެއީ މުޅިން ތަފާތު ދެކަމެކެވެ. 

ބައެއް ކަނބަލުން އެބޭކަނބަލުންގެ ނުރަ އިސްތަށި (ޚާއްޞަކޮށް ޒުވާން ޢުމުރުގައި) ފިރިންނަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ މިބުނެދެނީ ބޭސް އުނގުޅައި އިސްތަށިގަނޑަށް ގެއްލުންދިގެން ކަޅުކުރުމުގެ ބަދަލުގައި އިސްތަށިގަނޑަށް ދުޅަހެޔޮކަން ލިބުމާއިއެކު އަމިއްލައަށް ކަޅުވާނެ ގޮތެކެވެ. 

ކުކުޅު ބިހެއް ތަޅާލައި ޖޯޑަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެހެން ޖޯޑަކަށް ބޮޑު ސަމުސަލެއްގެ ކާށިތެޔޮ އަޅައިލާށެވެ. ދެން އެއިގެ ތެރެއަށް ބިހުގެ އެއްބައި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއިގެތެރެއަށް ލުނބޯ ކިނބައެއް ފެލާލައި ރަނގަޅަށް އެއްކޮށްލާށެވެ. 

ދެން އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅައިގެން 20 މިނިޓްވަންދެން ހުރެފައި ޢާންމުކޮށް ބޭނުންކުރާ ޝޭމްޕޫ ލައިގެން ފެންވަރާށެވެ. އުނގުޅައިގެންހުރެ އަތްވަށް ނުކުމެގެން ނުވާނެއެވެ. 

2 މަސްދުވަސްވަންދެން ހަފްތާއަކު 3 ފަހަރު ތަކުރާރުކުރާށެވެ. އަހަރެން ބޮޑަށް ހުށަހަޅަނީ ރޭގަނޑު އެކަންކުރުމަށެވެ. އިސްތަށިގަނޑަށް ކަޅުކަން ލިބުމުގެ އިތުރުން ވަރުގަދަވެފައި ބޮލުން އިސްތަށިފޭބުންވެސް ހުއްޓޭނެއެވެ. 

މިއުފައްދަން ބޭނުން މިކުރީ ހުރިހާ ގޮތަކުންވެސް އިސްތަށިގަނޑަށް ފައިދާކުރާނެ ތަކެއްޗެވެ. ވީމާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

މިއަދު އޮންލައިން