މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ޖައިކާ ޕްރޮޖެކްޓުގެ ދަށުން ކުދިވިޔަފާރިތައް ބަލަހައްޓާނޭ ގޮތުގެ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާފައެވެ.މި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޖައިކާއިން ކަނޑައެޅި ރަށްތަކުގެ ތެރޭގައި ރ. މަޑުއްވަރީ، ފ. ނިލަންދޫ އަދި މ. ދިއްގަރު ހިމެނެއެވެ. މި ތިން ރަށުގައިވެސް މި ތަމްރީނު ޕްރޮގްރާމްތައް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި ތަމްރީނުތަކުގައި ބައިވެރިވި ފަރާތްތަކަށް ކުދިވިޔަފާރިތައް ފަށައި، ހިންގައި އަދި ތަރައްޤީކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަސްކޮށްދެވުނެވެ.
އަގުއެއްކުރި މަހުގެ އުފެންދުންތައް ތައްޔާރުކުރުމަށް ތަމްރީނު ދިނުން
ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާ ބެހޭ ތަމްރީނެއް ޏ. ފުވައްމުލަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ އެކި ހުނަރުތައް ދަސްކޮށްދެވުނެވެ. މީގެ ތެރޭގައި މަސް ހިއްކުމާއި، ދުންއެރުވުމާއި، ޕެކެޓްކުރުމާއި، އަދި ރައްކާތެރިކަމާއެކު ގުދަންކުރުމުގެ އުކުޅުތައް ހިމެނެއެވެ. އަދި މީގެ އިތުރުން، މާކެޓިންގ އާއި ބްރޭންޑިންގ އާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ.
ހަބަރު: ސަރުކާޜު