ދޯނީގައި ގިނަދުވަހު އެން ރައްކާކޮށް ދިރުވައި ބެހެއްޓޭނެ އައު ނިޒާމެއް ޓެސްޓުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ދޯނީގައި ގިނަދުވަހު އެން ރައްކާކޮށް ދިރުވައި ބެހެއްޓޭނެ އައު ނިޒާމެއް ޓެސްޓުކޮށްފި

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ އެހީގައި ދޯނިތަކުގައި އެން ގިނަދުވަހު ބެހެއްޓުމަށް ޓަކައި 3 ދޯންޏެއްގެ އެންވަތްތަކަށް ބަދަލުތަކެއް ގެނެސް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

މިކަމަށް އިސްނަގައިގެން މި ޓެސްޓުތަކުގައި ބައިވެރިވަނީ ގދ. މަޑަވެލި ކަމަނަ ދޯނި، ގދ. ފަރެސް މާތޮޑާ ސަފީނާ ދޯނި އަދި ޅ. ނައިފަރު، ހުދުހުދު ދޯންޏެވެ.

މަސްވެރި އުޅަނދުފަހަރުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކޮށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަށް ކުރާ ޚަރަދު ކުޑަކޮށް، މަސް ފިނިކޮށް ރައްކާކުރެވޭ މުއްދަތު އިތުރުކޮށް، އުޅަނދުފަހަރުގެ އުފެއްދުންތެރިކަން އިތުރު ވާނެ ގޮތަށް ފަރުމާ ކުރާ، އައު ޖީލުގެ އުޅަނދެއް މަސްވެރިކަމުގެ ސިނާއަތަށް ނެރުމުގެ މަޤްޞަދުގައި ތަޢާރަފްކުރާ އުޅަނދެކެވެ. މި އުޅަނދުގެ ކޮންސެޕްޓު ތައްޔާރު ކުރުމާއި ބަނުމުގެ ކުރެހުންތައް ތައްޔާރު ކުރުމަށާއި ޕްރޮޓޯޓައިޕް ބަނުމަށް ވޯރލްޑް ބޭންކްގެ އެހީ ވަނީ ހަމަޖެހިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން